Raa Atoll Title
 

އަތޮޅު އޮފީސް
މާޅޮސްމަޑުލުއުތުރުބުރީ އަތޮޅުއޮފީހަކީ ރާއްޖޭގެ އެހެން އަތޮޅުއޮފީސްތަކެކޭވެސް އެއްފަދައިން އަތޮޅުގައި ސަރުކާރުގެ ފަރާތުން ކުރައްވަންޖެހޭ އެންމެހާ ކަންތައްތައް ހިންގާބެލެހެއްޓުމަށްޓަކައި ސަރުކާރުން އުފައްދަވާފައިވާ އޮފީހެކެވެ. މިގޮތުގެ މަތީން މިއޮފީސް އުފެދިފައިވަނީ 9 ސެޕްޓެމްބަރ 8591، 20 ޞަފަރު 1378 ގައެވެ. އަތޮޅުއޮފީސް އުފެދުމުގެ ކުރިން އަތޮޅުވެރިކަމުގެ އިދާރީ މަސައްކަތްތައް ހިންގާ މައި މަރުކަޒަކީ އަތޮޅުގެއެވެ. އެދުވަސްވަރު އަތޮޅުވެރިންގެ ރަސްމީ ލިޔުންތައް އެޑްރެސް ކުރަނީ އަތޮޅުގޭގެ ނަމުގައެވެ. އަތޮޅު އޮފީހުގެ ނަމުގައި ހުޅުވުނު ފުރަތަމަ އޮފީސް ހުޅުވި ހިނގަމުންދިޔައީ އަތޮޅުގޭގެ ބައެއްގައެވެ. އަތޮޅުގޭގައި އަތޮޅު އޮފީސް ހިނގަމުންގޮސް އޮފީހުގެ މަސައްކަތްތަކާއި ކަންތައްތަކަށް ޖާގަ ކުޑަވުމުގެ ސަބަބުން ދަތިވާތީ 1978 ގައި އަތޮޅު ރައްޔިތުންގެ ޢިމާރާތަކަށް އަތޮޅު އޮފީސް ބަދަލުކުރެވުނެވެ. މިޢިމާރާތުގައި އަތޮޅު އޮފީސް ހިންގަމުން ގެންދަނިކޮށް ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން އަތޮޅު އޮފީސް ޢިމާރާތްކޮށްދެއްވައި 01 ޖެނުއަރީ 1987 ގައި އޮފީސް ހުޅުއްވައި ދެއްވިއެވެ.

އުނގޫފާރުގައި އަތޮޅު ވެރިކަން ކުރަން ފެށީ 04 ފެބުރުއަރީ 6491، 01 ރަބީޢުލްއައްވަލް 1365 ގައެވެ. އޭގެ ކުރިން އަތޮޅުވެރިކަން ކުރީ ފައިނުގައެވެ. ފައިނުން އުނގޫފާރަށް އަތޮޅުވެރިކަން ބަދަލުކުރެއްވީ ފައިނަކީ އަތޮޅުގެ އެންމެ ދެކުނުގައި އޮންނަ ރަށްތަކުގެތެރޭގައި އޮންނަ ރަށަކަށްވުމާއި، އުނގޫފާރަކީ އަތޮޅުގެ މެދުތެރޭގައި އޮންނަ ރަށަކަށްވެފައި ފަޅުބޮޑު ރަށަކަށްވާތީއެވެ. އެއިރު އަތޮޅުވެރިކަމުގެ މަޤާމުގައި ހުންނެވީ މާލޭ މއ ވައިމަތީގޭ އަލްފާޟިލް އަލްމަރްހޫމް ޚާލިދު ޙުސައިން ދީދީއެވެ.

އަތޮޅުއޮފީސް މިހާރު ހިނގަމުންދަނީ 01 ޖެނުއަރީ 1987 ގައި ހުޅުވުނު އޮފީސް ޢިމާރާތް ކުޑަވެ ދަތިވެގެން އެޢިމާރާތް އުވާލައި އެޢިމާރާތް ހުރި ތާނގައި އަލުން ޢިމާރާތްކުރި އޮފީހުގައެވެ.

 

photo albumun
Photo Album
latest news