1- އަތޮޅުގެ ކަންތައްތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އަތޮޅުގައި ކުރަންޖެހޭ ކަންތައްތައް ރޭވުމާއި، އަތޮޅުގެ ކަންތައްތައް ހިންގުމުގައި އަތޮޅުވެރިޔާއަށް ތިރީގައިމިވާ ކަންކަމުގައި ބޭނުންވާ ގޮތެއްގެ މަތިން އިޚްލާޞްތެރިކަމާއެކު ލަފާދީ އެހީތެރިވެ އެއްބާރުލުން
ހ. ސަރުކާރުގެ ނުވަތަ ސަރުކާރު ޤަބޫލުކުރާ ފަރާތަކުން އަތޮޅުގައި ހިންގާ ކަންތައްތައް ހިންގުމުގައި އެހީތެރިވުން
ށ. އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި އެކު ރައްޔިތުންގެ މެދުގައި ދީނީ، ޤައުމީ، އަދި އިޖުތިމާޢީ ރޫޙު އާލާކޮށް އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުން
ނ. އަތޮޅު ރައްޔިތުންގެ މާލިއްޔަތު ދިރުވުން
ރ. ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީތަކާއި، އަންހެނުންގެ ކޮމިތީތައް ޙަރަކާތްތެރި ކުރުވުން
ބ. ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީގެ ޙަރަކާތްތައް ބަލައި އިޞްލާޙްކުރަންޖެހޭ ކަންތައްތައް އިޞްލާޙް ކުރުމަށްޓަކައި ލަފާ ދިނުން ޅ. އަތޮޅަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި އަތޮޅުވެރިޔާއަށް ފުރިހަމައަށް އެހީތެރިވެދިނުން
