އަޅުގަނޑުމެންގެ އަމާޒު
ދިމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އެދޭގޮތަކަށް ރައްޔިތުންގެ ކަންކަން ނިންމައިދީ ، އިޖްތިމާޢީ ގޮތުންނާއި ، އިޤްތިޞަދީ ގޮތުންނާއި، ޞިއްޙީގޮތުންނާއި ، ދީނީގޮތުންނާއި ޝަޤާފީގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ ރައްޔިތުންބާރުވެރިކޮށް ، ރައްޔިތުންގެ އިޙްސާސްތައް ގާތުންބަލައި ފުޅާދާއިރާއެއްގައި ޚިދްމަތްދީ އަތޮޅުގައި އަމަންއަމާންކަން ދެމެހެއްޓުން.





ތަޞައްވުރު
މާޅޮސްމަޑުލު އުތުރުބުރީ ރައްޔިތުންނަކީ ދީނާއި ޘަޤާފަތަށް ލޯބިކުރާ އިޤްތިޞާދީގޮތުން ފުދުންތެރި ސިޔާސީގޮތުން ހޭލުންތެރި ތިމާވެއްޓާއި ރައްޓެހި ދިމިޤްރާތީ އަމާން ވެށްޓެއްގައި އުފައު ފާގަތި ދިރިއުޅުމެއް އުޅޭ ބަޔަކަށްވުން.

ޤަބޫލު ކުރާހަމަތައް
- ނަޒާހަތްތެރި
- އަޅުގަނޑުމެން ޚިދުމަތް ދިނުމުގައި ހަމަހަމަ ކަމާ ތެދުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދޭނަމެވެ.
- ޒިންމާދާރު
- އަޅުގަނޑުމެންނަކީ ޚިދުމަތް ދިނުމުގައި ޒިންމާދާރު ކަމާއެކު މަސައްކަތްކުރާ ޖަވަބުދާރީ ވަނިވި ބަޔަކީމެވެ.
- ފަރުވާތެރި
- އަޅުގަނޑުމެންނަކީ ޚިދުމަތް ފޯރުކޮށްދިނުގައި ފަރުވާތެރި ކުރާމަސައްކަތް ގަޔާވެގެންކުރާ ބަޔަކީމެވެ.
- އިޚްތިރާމް
- އަޅުގަނޑުމެންނަކީ އެކުގައި މަސައްކުރާ މީހުންނަށާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އިޚްތިރާމްކުރާ އަދަބުވެރިކާއެކު މުޢާމަލާތް ކުރާނެ ބަޔަކީމެވެ.
- އިޖާދީ
- އަޅުގަނޑުމެންނަކީ އިޖާދީ ގޮތްތައް ބޭނުންކޮއްގެން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރަން އަބަދުވެސް މަސައްކަތްކުރާނެ ބަޔަކީމެވެ.