ރާ އަތޮޅު
މާޅޮސްމަޑުލު އުތުރުބުރި
އާބާދީގައި 24615 ހިމެނޭ މާޅޮސްމަޑުލު އުތުރުބުރީ (ރ.އަތޮޅު) އަކީ އާބާދީގެ ނިސްބަތުން ދިވެހިރާއްޖޭގެ 03 ވަނައަށް އާބާދީ އެންމެ ބޮޑު އަތޮޅެވެ. ރ.އަތޮޅުގެ ރަށްރަށުގެ ދަފްތަރުގައި މީހުން ދިރިއުޅޭ 15 ރަށާއެކު ޖުމްލަ 88 ރަށް ހިމެނޭ މި އަތޮޅަކީ މުޅި ރާއްޖޭގެ ނިސްބަތުން 03 ވަނައަށް އެންމެ ރަށްތަކުގެ އަދަދުވެސް ގިނަ އަތޮޅެވެ. އަދި މީގެ އިތުރުން މިލަދުންމަޑުލު ދެކުނުބުރީ (ނއަތޮޅު) އާއި ފާދިއްޕޮޅު (ޅ.އަތޮޅު) ގެ ހުޅަނގުން، މާޅޮސްމަޑުލު ދެކުނުބުރި (ބ.އަތޮޅު) ގެ އުތުރުން އޮންނަ މި އަތޮޅަކީ، އަތޮޅުގެ ސަރަޙައްދުގެ ބޮޑުމިނަށް ބަލާއިރު މުޅިރާއްޖޭގެ 03 ވަނައަށް އެންމެބޮޑު އަތޮޅުވެސްމެއެވެ.
އަތޮޅު އުފެދުނު ގޮތް
ޖިއޮގްރަފިކް ގޮތުންނާއި އިދާރީގޮތުން އެއް އަތޮޅެއްގެ ގޮތުގައި އޮތް މާޅޮސްމަޑުލުއިދާރީގޮތުން ދެބައިކޮށް، ވަކި ދެ އަތޮޅެއްގެ ގޮތުގައި ހިންގުމަށް، ސަރުކާރުން ކަނޑައެޅުއްވުމަށްފަހު، އަތޮޅުގެ މެދުތެރޭގައި އިރުން ހުޅަނގަށް އޮންނަ ހަނިކަނޑުގެ އުތުރުން ދެބުރިދޭތެރެވާދޫ ގެއުތުރުގައިވާ ބައިގެރަށްތަކާއި ދެކުނުގައިވާ ރަށްތަކާއިމި ދެބަޔަކީ އިދާރީގެ ގޮތުން ވަކި ދެބައެއް ކަމުގައި ހަމަޖައްސަވައި، އޭރު ދިވެހިރާއްޖޭގައި އޮތް ސަރުކާރުން އަލްމަރްޙޫމް އިބްރާހީމް ނާޞިރު ، 1964 ފެބްރުއަރީ 8 ގައި، އެ ކަން އިޢުލާން ކުރެއްވުމާ ގުޅިގެން އުފެދުނު އިދާރީ އަތޮޅެކެވެ. މިދެންނެވި ހަނިކަނޑުގެ އުތުރުގައިވާ ބަޔަކީ މާޅޮސްމަޑުލު އުތުރުބުރި ( ރ. އަތޮޅު ) އެވެ.މާޅޮސްމަޑުލު އުތުރުބުރި ނުވަތަ ރ. އަތޮޅަކީ ކިއްސަރު ވަޑާމާއި ތެދުއުއިވަޑާމަށް އަދި މަސްވެރިކަމަށް ޚާއްޞަ އަތޮޅެކެވެ.
އަތޮޅުގެ ފުރަތަމަ ނަން
މި އަތޮޅަށް ފުރަތަމަ ކިޔަމުން އައި ނަމަކީ، މާޅޮސްމަޑުލެވެ.ނަމަވެސް، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެއް އުޞޫލަކުން ނަން ކިޔުމަށް ބެލިއިރު، މި ގޮތަށް ޕާޓިޝަނުން ވަކިކޮށްފައިވާ ހުރިހާ ޖިއޮގްރަފިކަލް އަތޮޅެއް ވެސް ބައި ކުރެވިފައި ވަނީއުތުރުބަޔަކާ ދެކުނު ބަޔަކަށް ކަމަށް ވުމުން، އެ އަތޮޅުތަކަށް ނަން ކިޔެން ޖެހެނީ، އުތުރުބުރިއަކާ ދެކުނުބުރިއެއްގެ ގޮތުން ކަމަށް ވާތީ، އެ އުޞޫލުގެދަށުން، މި އަތޮޅުގެ ނަން ވެސް، މާޅޮސްމަޑުލު އުތުރުބުރީ (ރ.އަތޮޅު) ކަމުގައި ހަމަޖެއްސެވީ އެވެ.
