މަޑުއްވަރީގެ ފުރަތަމަ ފައިނަލް ދުވާފަރާއެކު: އެމްޑަބްލިޔުއެސްއީ އަރުތަ ހޭންޑްބޯޅަ މުބާރާތް 2025

media cover

އެމް.ޑަބްލިއު.އެސް.ސީ އަރުތަ ހޭންޑްބޯޅަ މުބާރާތް 2025 ގެ  ފައިނަލްގައި ކުރިމަތިލާނީ ފައިނަލަށް ފުރަތަމަ ފަހަރަށް ގޮސްފައިވާ ޓީމް މަޑުއްވަރި އާއި މިދިޔަ އަހަރުގެ ރަނަރަޕް ދުވާފަރު ސްޕޯޓްސް ކްލަބެވެ.

މިއަހަރުގެ މުބާރާތަކީ ކުޅިވަރުގެ ހުނަރާއި ޖޯޝް ފެނިގެންދިޔަ، ރަށުފެންވަރުގައި އަދި ސަރަޙައްދީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިގެންދާ މުބާރާތެކެވެ. ޓީމް މަޑުއްވަރީން ވަނީ ކޮންމެ މެޗެއްގައިވެސް ހިތްވަރާއި، ރޭވުންތެރިކަމާއި، ޓީމް ސްޕިރިޓް ދައްކުވައިދީ، ފައިނަލަށް ދަތުރުކޮށް ކުޅިވަރު ލޯބިވާ މީހުން ހައިރާންކޮށްފައެވެ. އަނެއްކޮޅުން، މިދިޔަ އަހަރު ކާމިޔާބީއާ ކައިރިވެފައި ނުލިބުނު ދުވާފަރު އެސް.ސީ ވަނީ މުބާރާތުގައި ވަރަށް ޅަޒުވާން ޓީމަކާއެކު ތަފާތު ދައްކާފައެވެ. މަޑުއްވަރީއިން ފައިނަލްގެ ޖާގަ ފަސޭހަކަމާއެކު ކަށަވަރުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ޔުނައިޓެޑް ކިނޮޅަސް 16-09 ކުން ބަލިކުރުމަށްފަހުއެވެ. އަދި ދުވާފަރު ފައިނަލަށް ދަތުުރުކުރީ ގަދަފަދަ އިނގުރައިދޫ 14-10 ކުން ބަލިކުރުމަށްފަހުއެވެ. 


އަރުތަ ހޭންޑްބޯޅަ މުބާރާތުގެ ދަށުން ބާއްވާ މި އަހަރީ ކުޅިވަރު މުބާރާތަކީ އަތޮޅުގެ އެކި ރަށްރަށުގެ މެދުގައި އެއްބައިވަންތަކަން އުފައްދައި، ޒުވާނުން ކުޅިވަރުގައި ބައިވެރިވުމުގެ ރޫހު އާލާކުރާ މުބާރާތެކެވެ. މި އަހަރުގެ ފައިނަލް މެޗަކީ ދެ ރަށުންވެސް  ގިނައަދަދެއްގެ ސަޕޯޓަރުން މެޗްބަލަންގޮސް ވަރަށް ފޯރީގައި ކުރިއަށްދާނެ މެޗަކަށް ވާނެކަމަށް ގަބޫލުކުރެވެއެވެ.