ރ. އަތޮޅު ކައުންސިލްގެ އަހަރީ ދުވަސް ފާހަގަކުރަން ހާއްސަ ޖަލްސާއެއް ބާއްވަނީ

News

22.11.2022

media cover
Share on :

"އުފާވެރި ހަތްދިހަނުވައެއް"ގެ ނަމުގައި ރ އަތޮޅު ކައުންސިލްގެ 79 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ރ އަތޮޅު ކައުންސިލްގެ މެމްބަރުންގެ އިތުރުން ހުރިހާ ރަށު ކައުންސިލްތަކުގެ މެންބަރުންނާއި ސެކްރެޓެރީ ޖެނެރަލުން ބައިވެރިވާގޮތަށް ހަމަޖައްސާފައިވާ މި ޖަލްސާގައި އެ ކައުންސިލްގައި އަލަށް ތައާރަފްކުރާ ބައެއްކަންތައްތައް އިފްތިތާހު ކުރުން އޮންނާނެއެވެ.

އަތޮޅު ކައުންސިލުން މައުލުމާތު ދިން ގޮތުގައި ރ އަތޮޅު ކައުންސިލްގެ ވެބްސައިޓް ލޯންޗް ކުރުމުގެ އިތުރުން، ދިގު މުއްދަތަކަށް އަތޮޅު ކައުންސިލަށް ހިދުމަތް ކުރެއްވި މުއައްޒަފުންގެ އަގުވަޒަން ކުރުމާއި, ރ އަތޮޅު ޕޮލިހާއި ރ އަތޮޅު ކައުންސިލް ގުޅިގެން މުޅި އަތޮޅަށް އަމާޒުކުރާ ކުށްކުރުން މަދުކުރުމުގެ ކެމްޕޭނެއް އިފްތިތާޙް ކުރުމާއި ރ އަތޮޅު ކައުންސިލުން ރިޓަޔަރ ކުރެއްވި މުއައްޒަފުންގެ ހިދުމަތްތައް ފާހަގަ ކުރުންވެސް އެ ރޭގެ ޖަލްސާގައި އޮންނާނެއެވެ.

ޖަލްސާ ބާއްވަން މިހާރު ހަމަޖެހިފައިވަނީ 17 މެއި 2025 ވާ ހޮނިހިރު ދުވަހުއެވެ.