ޕާސްޕޯޓްގެ ޙިދުމަތް
އުނގޫފާރުން އައިޑީކާޑާއި ޕާސްޕޯޓް ދޫކުރަން ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާރު ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގައި މިރޭ އުނގޫފާރުގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ. އުނގޫފާރުން އައިޑީކާޑާއި ޕާސްޕޯޓް ދޫކުރަން ރަސްމީކޮށް ފައްޓަވައިދެއްވީ ދާހިލީ ވަޒީރު އަލީ އިހްސާން އާއި ރ. ކައުންސިލުގެ ރައީސް ހުސެއިން ނާސިފެވެ.